މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ކެމްޕެއިންގެ އެކި މަގާމުތަކަށް ކަނޑައަޅާފައިވާ ބައެއް ފަރާތްތައް ބަދަލުކޮށްފައިވާ ކަމަށާއި ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި މިރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ނިކުމެ މިތިބީ މެޗަކަށް ކަމަށް ވިދާޅުވެފައެވެ. ފުރަތަމަ ހާފެއް ނިމުމަކީ މެޗެއް ނިމުމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ސޯލިހް ވިދާޅުވީ ފުރަތަމަ ހާފު ނިމޭއިރު ދެން އޮތް ޓީމު ތިން ލަނޑު އެއް ލަނޑުން މޮޅުވެފައި ވެސް އޮވެދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މިތިބީ އެގޮތަށް ބަލާ ނަމަ ތިނެއް އެކެއްގެ ތަފާތެއްގައި. އިރާދަކުރެއްވިއްޔާ ދެވަނަ ހާފުގައި އަޅުގަނޑުމެން ނިކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސް ލަނޑު ތިން ލަނޑުން މި މެޗު ކާމިޔާބު ކުރާނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހާފް ޓައިމްގައި ޓީމު އަތުރާލާފައިވާ ކަމަށެވެ. ހެދުނު ގޯސްތައް ވެސް ރަނގަޅު ކޮށްފައިވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ބައެއް ދިމަދިމާލަށް ކުޅޭ ކުޅުންތެރިން ބަދަލުވެސް ކޮށްފައި ވާނެ ކަމަށެވެ.
"ހާފް ޓައިމްގައި އަޅުގަނޑުމެން ޗޭންޖިން ރޫމަށް ވަދެ ރާވާލައިފިން. ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެ ގޮތް އިންތިޒާމު ކޮށްލައިފިން. ބައެއް ފަހަރު ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުކޮށްލައިފިން. ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން. މިހާރު މިދަނީ އެޓޭކު މޯޑުގައި. އިރާދަކުރެއްވިއްޔާ ދެން ޖަހާނީ ގޯލު. ދެން ޖަހާނީ ގޯލު، ގޯލަކަށް ފަހު ގޯލު ދެން ޖަހާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިހާރު ރީ ރަޖިސްޓްރީ އަށް ހުޅުވާލާފައިވާ ކަމަށާއި ހުރިހާ ދާއިރާއަކުން ވެސް އެކަން ވަރަށް ރަނގަޅަށް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ފުރަތަމަ ބުރުގައި ބަލިވީ އެ ސަބަބާއި ހެދި ކަމަށް ރައީސް ވިދާޅުވިއެވެ. ރީ ރަޖިސްޓްރީ ނިންމުމަށްފަހު ދެން ދާން ޖެހޭނީ ޑޯޓުޑޯ އަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިހާބު ގެއްލިއްޖެ ނަމަ، ދެން ވެގެން ދާނެ ގޮތް ރައްޔިތުންނަށް ކިޔައި ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ވެރިކަމަކީ ގޭމެއްކަމަށް ބަލައިގެން ކުޅުންތެރިން އިންޑިއާއިން ގެނެސްގެން އުޅެން ހަދައިގެން ފުރަތަމަ ހާފު ނިމުނުއިރު ޖެހުނު ލަނޑައްވުރެން ގިނައީ ބައިކޮޅަށް ވަތް ލަނޑު. ބާކީ އޮތް ހާފުގަ އަލަށް އަރުވާނެ އިތުރު ކުޅުންތެރިއަކުވެސް ނުލިބުނު. ދެން ކިހިނެއް ބޮޑު ވަތަނީ، ޤައުމީ ލަސްކަރެއް ބަލިކުރާނީ.
އަހުމަދުވޯޑުންވައްކަންކޮއްގެނޫނީލާހިކެއްނޫމޮލުވާކަށް
ހުސެން