ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމުން އިސްތިއުފާ ދިން ކަމަށް ބުނެ ދައުރުވަނީ ތެދު ހަބަރެއް ނޫން ކަމަށް އެ މަގާމުގައި ހުންނެވި އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވަނީ ނިންމަވައިފައެވެ.
ބައެއް މީޑިއާތަކުގައިވާ ގޮތުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށްފަހު އަލީ އާރިފް ވަނީ ޖޭޕީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވިކަން އެޕާޓީގެ ބައެއް މުވައްޒަފުންނާއި ބައްދަލުކުރައްވާ ވިދާޅުވެފައެވެ.
ނަމަވެސް އަލީ އާރިފްއާ "ހަތާވީސް" އިން ގުޅާލުމުން އޭނާ ވަނީ އެކަން ދޮގު ކުރައްވައިފައެވެ. އަދި ދައުރުވަނީ ތެދު ހަބަރެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެކަން އަޅުގަނޑު ކުރާ ކަމަށްވާ ނަމަ ސޯޝަލް މީޑިއާގައި އަޅުގަނޑު އިއުލާން ކުރާނަން،" ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި އަލީ އާރިފް ވިދާޅުވިއެވެ.
މިފަދަ ވާހަކަތަކެއް ދައުރުވާން ފަށާފައިވާއިރު ސޯޝަލް މީޑިއާގައި ޖޭޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަންނަނީ އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ