ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއިދުކުރާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުގައި މަޝްވަރާކުރި ނަމަވެސް ކޯލިޝަން ހެދުމުގެ ފުރިހަމަ އިހުތިޔާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފައިވާކަން "ހަތާވީސް" އެނގިއްޖެއެވެ.
މި ނޫހާ ވާހަކަ ދެއްކި ޖޭޕީ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވީ މާ ކުރިންވެސް ކޯލިޝަން ހެދުމުގެ އިހުތިޔާރާ ބާރު ގާސިމަށް ދީފައިވާ ކަމަށާއި މިއަދު ކުރިއަށްދާ ބައްދަލުވުމުގެ ބޭނުމަކީ ހަމައެކަނި ކައުންސިލްގެ މެމްބަރުންގެ ހިޔާލު ހުރި ގޮތް ބެލުން ކަމަށެވެ.
އެގޮތުން މިހާރު ފުރަތަމަ ދަންފަޅީގައި ކުރިއަށްދަނީ "ކޯލިޝަން ހަދާނެތޯ ނަހަދާނެތޯ" އެކަމާއި ގުޅޭ މަޝްވަރާ ކަމަށެވެ. އަދި އެއަށް ފަހު ކޯލިޝަން ހަދާނީ ކޮން ބަޔަކާއި ގުޅޭ ގޮތުން ތޯ ކައުންސިލްގައި މަޝްވަރާކުރާނެއެވެ.
މިއަދުގެ ބައްދަލުވުން ފަށާފައިވަނީ މެންދުރު އެކެއް ޖެހިއިރުއެވެ. އަސުރު ނަމާދަށް މެދުކަނޑާލުމަށް ފަހު ބައްދަލުވުން ފަށާފައިވަނީ 3:30 ގައި ބައްދަލުވުން ވަނީ ފަށާފައެވެ.
ޖޭޕީން ތާއިދުކުރާނީ ކޮން ބަޔަކަށްތޯ ނިންމުމަށް ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދާއިރު ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ރައީސް ސޯލިހާ ގާސިމް ވަނީ ދެ ދުވަހު މަޝްވަރާތަކެއް ކުރައްވާފައެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވެސް ގާސިމާ މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ވަފްދެއް މީގެކުރިން ގާސިމާ ވަނީ ބައްދަލު ކުރައްވައިފައެވެ
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް