ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ފަރާތުން ވާދަކުރެއްވި ގާސިމް އިބްރާހީމާއެކު ދެ ދުވަހު މަޝްވަރާ ކުރެއްވުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މާލެ ވަޑައިގެންފިއެވެ.
މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވަނީ ގާސިމްގެ ރިސޯޓު، ސަން އައިލެންޑުގައެވެ.
ރައީސް މާލެ ވަޑައިގެންނެވި ނަމަވެސް މަޝްވަރާތައް އަދި ނުނިމެއެވެ. ސަން އައިލެންޑަށް ރައީސާއެކު ވަޑައިގެންނެވި ވަފްދުގައި ހިމެނޭ ފޮރިން މިނިސްޓަރު ޝާހިދު އަދިވެސް ހުންނެވީ ސަން އައިލެންޑުގައެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވެސް ގާސިމާ މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ވަފްދެއް މީގެކުރިން ގާސިމާ ވަނީ ބައްދަލު ކުރައްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ގައުމަށް ހެޔޮއެދޭ ބަޔަކު ގައުމުގެ ވެރިއަކަށް ޑޮކްޓަރ މުއީޒުގެންނަން މަސައްކަށްނުކުރާނެ މުއީޒުގެ ފަހަތުގައި ތިބެގެން ގައުމުދަވާލަން ބޭނުން ބަޔަކު އޭނަގެ ފަހަތުގައި ތިބެގެން މަސަށްކުރަމުން އެދަނީ މުއީޒުހަސީލަތަކީ ދުލުންބަޔާން ކުރެވޭވަރަށްވުރެން މާގޯސްހަސީލަތެއް
ކޮރަކަލި