ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވާ 12 ގަޑިއިރުވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ގާސިމްއާ އެކު މަޝްވަރާ އަށް ރައީސް ސޯލިހު ސަން އައިލެންޑަށް ވަޑައިގަތީ އިއްޔެގެ ހަވީރު ފަހެއް ޖަހާކަންހާއިރެވެ.
ޖޭޕީގެ މެމްބަރުން މީޑީއާތަކަށް މައުލޫމާތު ދިފައިވާ ގޮތުން ރޭގައިވެސް ދެ ބޭފުޅުން ގިނަ ވަގުތު ވަކިން ބައްދަލުކުރައްވާފައިވާ ކަމަށާއި މިހާތަނަށް މަޝްވަރާތަކުގައި 12 ވަރަކަށް ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށެވެ. ރައީސްއާ ގާސިމްގެ މަޝްވަރާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އިންމަ) ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްއާ އެކު ސަން އައިލެންޑަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް އާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
ރައީސް، ގާސިމްއާ ބައްދަލުކުރައްވަމުން ގެންދަވާއިރު ޕީއެންސީގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ހިމެނިވަޑައިގަންނަވާ ގޮތަށް ޕީއެންސީގެ ވަފުދެއް ވަނީ ގާސިމްއާ ބައްދަލުކުރައްވައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މި ސަރުކާރުގައި ހިމެނުނަސް ޖޫމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރެއްވީ ވަކިންނެވެ.
ފުރަތަމަ ބުރުން އެ ޕާޓީއަށް ލިބުނީ 5460 ވޯޓެވެ. ނަމަވެސް ބަޔަކާއި އެކު ކޯލިޝަން ހަދަން ނިންމާފައިވާކަން ޖޭޕީން ހާމަކޮށްފައެއް ނުވެއެވެ.
		
										
										
		
		
		
														
							
								ރައީސް މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް								
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު