ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓުތަކުގެ ތެރެއިން ފްލެޓެއްގެ ބެލްކަނީގައި ކުޑަ ކުއްޖަކު ތަޅުލި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓުގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް، ތަޅުލާފަ ހުރި ވީޑިއޯއެއް ދައުރުވަމުންނެވެ. އެޗްއާރްސީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ކުޑަކުދިންނާ ގުޅުން ހުރި އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި އެފަދަ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެ ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް އެ ކޮމިޝަނަށް ހިއްސާ ކުރުމަށް އެދިފައެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި