ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ގުޅޭ ގޮތުން ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އއ. ފެރިދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި އެމްޑީޕީ އާއި އެޕާޓީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސްޓްރެޓަޖީ އަކީ ދޮގު ވާހަކަތައް ފެތުރުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ދޮގު ހެދި ނަމަވެސް އެކަންކަމަށް ދިވެހި ރައްޔިތުން މާ ބޮޑަށް ހޭލުންތެރި ކަމަށާއި އެހެންކަމުން އޭނާގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ.
ސަރުކާރަށް ނިސްބަތްވާ ފަރާތްތައް އޭނާއަށް ނިސްބަތްކޮށް ފަތުރާ ދޮގު ވާހަކަތަކާއި ގުޅިގެން މުއިއްޒު ވަނީ އެއްވެސް ރައްޔިތަކު އެ ވާހަކަތަކާއި މެދު ޝައްކު އުފެދޭ ނަމަ ލަސްނުކޮށް އެކަމުގެ ހަގީގަތް އޮޅުން ފިލުވުމަށް އޭނާގެ އަރިހަަށް ވަޑައިގަތުމަށް އެދިލައްވާފައެވެ.
މުއިއްޒު ވަނީ ފެރިދޫ އަށް ޕިކްނިކް އައިލެންޑެއް ހަދައި ދެއްވާނެ ކަމަށާއި އަދި އެރަށުގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މީގެއިތުރުންވެސް އެރަށުގައި ޔޫތު ސެންޓަރެއް އިމާރާތް ކޮށްދީ މިސްކިތެއް އަޅައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި