ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ތެރޭގައި އެއްވެސް މީހަކު މުޒާހަރާކޮށްގެން ދައުވާ ކޮށްފައިވާނެތޯ، މަޑުއްވަރީ ދާއިރާގެ އެމްޑީޕީގެ ރައީސް އަދި އާރްޑީސީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ސުވާލު އުފައްދަވައިފިއެވެ.
މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާ ރާއްޖޭގެ ވެރިކަން ހަވާލުކޮށްފިނަމަ ދެން ކަންތައް ހިނގާނެ ގޮތް ރައްޔިތުންނަށް ތަސައްވަރު ކޮށްލެވޭނެ ކަމަށެވެ.
އެ ދެ ޕާޓީގެ ސިޔާސަތަކީ އަދި ފަލްސަފާއަކީ ބިރު ދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ނާމާން" ފަސް އަހަރުގެ ތެރޭގައި އެމްޑީޕީގެ 1400 އަށް ވުރެ ގިނަ މީހުންނަށް މުޒާހަރާކޮށްގެން ދައުވާ އުފުލާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެފަދަ ގޮތަކަށް އަމަލުކޮށްފައިނުވާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.
"ފަސް އަހަރު ދިޔައީ އެ ބޭފުޅުން މުޒާހަރާ ކުރާތާ. ކާކަށްތޯ ދައުވާކޮށްފައި އޮތީ؟ ކާކަށްތޯ މުޒާހަރާއެއްގައި ބައިވެރިވެގެން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ހައްޔަރުކޮށްފައި ދައުވާކުރީ،" މުކޭ ވިދާޅުވިއެވެ. އެމްޑީޕީން އަނެއްކާވެސް ވެރިކަމަށް ގެންނަން ޖެހެނީ އޭރުގެ އޮތް އަނިޔާވެރިކަން އިޔާދަ ނުކުރަން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ހިޔާލު ތަފާތުވެފައި ތިބި ބޭފުޅުން. އަޅުގަނޑުމެންނަށް ޖަޒުބާތުވެފައި ތިބި ބޭފުޅުން ޖަޒުބާތު ދޫކޮށްލާފައި ވިސްނާ ވަޑައިގަންނަވާ. އަޅުގަނޑުމެން ކުރަން މިއުޅެނީ ކޮން ކަމެއްތޯ؟" މުކޭ ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރައްޔިތުން އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުންނުވާ ކަމަށް މޫކޭ ވިދާޅުވިއެވެ. އެހެންވެ މި މަހުގެ 30 ވަނަ ދުވަހު އޮންނަ އިންތިހާބުގެ ދެވަނަ ބުރުގައި ވީހާވެސް ގިނަ ބަޔަކު ރައީސް ސޯލިހުއަށް ވޯޓު ދިނުމަށް މޫކޭ އިލްތިމާސް ކުރެއްވިއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ