މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް މުސާރާގެ 50 ޕަސެންޓު ޑޮލަރުން ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
އެމްއޭސީއެލްގެ ބޯޑުން އެގޮތަށް ނިންމިކަން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވަނީ އަންގައިފައެވެ.
މީގެކުރިން ވެސް އެމްއޭސީއެލް މުވައްޒަފުންނަށް މުސާރައިގެ ބައެއް ދެމުން ދިޔައީ ޑޮލަރުންނެވެ. އެހެންނަމަވެސް ކޮވިޑް19 އާއި ގުޅިގެން އެކަން ހުއްޓުމަކަށް ގެނެސް ދިވެހި ފައިސާ އިން މުސާރަ ދެމުން ދިޔައެވެ.
މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯގައި ބުނެފައި ވަނީ ކުރިން އަމަލު ކުރަމުން ދިޔަ އުސޫލަށް މިމަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.
އެކުންފުނިން އެ އުސޫލަށް އަނެއްކާވެސް އަމަލު ކުރަން ނިންމީ އެމްއޭސީއެލްގެ ކޭޝްފްލޯ ރަނގަޅުވަމުން އަންނާތީ ކަމަށް އެކުންފުނީގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވެފައިވެއެވެ.
މުވައްޒަފުންނަށް ދޭ މުސާރާގެ 50 ޕަސެންޓު ޑޮލަރުން ދިނުމަށް އެމްއޭސީއެލް އިން ނިންމިއިރު އެމްއޭސީއެލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
އަޅުގަޑުގެ ވެރިކަމެއްގައި 55% ޔޫއެސް$ ދޭނަން ...
ޢަދުރޭ...