ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކޮށްފައިވާ ދީނީ ޖަމިއްޔާ، ޖަމިއްޔަތުއްސަލަފަށް އަމާޒުކޮށް، އެމްޑީޕީން ފާޑުކިޔަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ރުޅި އިސްކުރައްވައި މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.
މެމްބަރު ނަޝީދު ވިދާޅުވީ ސަލަފުން "ނެއްޓެން" ނޭނގިގެން، ތާއަބަދު ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށާއި އެ މީހުން އެ ވާހަކަ ދައްކަނީ ދީނީ އިލްމު ކިޔަވައިގެން ތިބި ބަޔަކު ދެން އަންނަ ސަރުކާރެއްގެ މަގާމުތަކަށް އައިސްދާނެތީ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއަށް ސަލަފުން ފާޅުގައި ވަންނަން ބޭނުންނުވާ ކަމަށާއި ވަކި ބަޔަކު ވެރިކަމަށް ގެންނަން ވެސް އެ ޖަމިއްޔާއިން މަސައްކަތް ނުކުރާ ކަމަށެވެ.
"ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ނެތް އެއީ ކުށްވެރިން ކަމެއް، ޓެރަރިސްޓުން ކަމެއް ކަނޑައަޅާފައި. ސަލަފު ޖަމިއްޔާއަކީ. އަބަދާއަބަދު މިތާ ސަލަފޭ، ސަލަފޭ،" ސަލަފުގެ އިލްމުވެރިންގެ ދިފާއުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.
މުއިއްޒުގެ ވެރިކަމެއްގައި އިސްލާމިކް މިނިސްޓްރީ ހަވާލުކުރާނީ ޖަމިއްޔަތުއްސަލަފަށް ކަމަށް ބުނެ، އަޑުފަތުރަމުންދާތީ "ސަލަފަށް އިސްލާމިކް މިނިސްޓްރީ ދީފިއްޔާ އޭގެއިން ވާ ގެއްލުމަކީ ކޮބައިތޯ،" ވިދާޅުވެ، ނަޝީދު ސުވާލު އުފެއްދެވިއެވެ.
"ދިވެހިރާއްޖޭގައި އިސްލާމް ދީން އޮވެދާނެތީތޯ މި މީހުން މިއުޅެނީ. ހަމަ ކޮންމެ ދުވަހަކު، އަބަދާއަބަދު ސަލަފް، ސަލަފް، ސަލަފް އެ ނޫން ނަމެއް ނެތީތޯ ދުލުކުރީގައި،" ނަޝީދު ވިދާޅުވިއެވެ.
މުއިއްޒު ވެރިކަމަށް އައުމުން ވެސް ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމަށާއި އެކަމެއް ބަދަލެއް ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"...ދީނަށް ފުރައްސާރަކުރަން، ބޭނުންހާ އެއްޗެއް ކިޔަން އެ ފުރުސަތު ނުލިބިދާނެތީ އެކަމާ ބިރުގަންނަ ބަޔަކު މިތާ މިއުޅެނީ. އެހެން ނޫނިއްޔަކާ ސަލަފުން ނެއްޓެން ނޭނގިގެން އުޅޭކަން ނުޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ ވެގެންދާނީ އަފްގާނިސްތާނުގެ ކަންދަހާރަށް ކަމަށް ބުނަމުންދާތީ، އެކަމަށް އިޝާރާތްކޮށް މޮސްޓާ ކުރެއްވީ ސުވާލެކެވެ.
"ކަންދަހާރަށް ވީމަ ކޮބައިތޯ މައްސަލައަކީ؟ މިތަން ވާންވީ ސަދޫމަށްތަ؟،"