ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސަން އައިލެންޑަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ގާސިމްއާ ރައީސްއާ ދެ ބޭފުޅުން ބައްދަލުކުރައްވާނީ މިއަދު ދޭއް ޖަހާއިރުއެވެ.
ރައީސް، ގާސިމްއާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު ޕީއެންސީގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ހިމެނިވަޑައިގަންނަވާ ގޮތަށް ޕީއެންސީގެ ވަފުދެއް ވަނީ އިއްޔެ ގާސިމްއާ ބައްދަލުކުރައްވައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މި ސަރުކާރުގައި ހިމެނުނަސް ޖޫމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރެއްވީ ވަކިންނެވެ. ފުރަތަމަ ބުރުން އެ ޕާޓީއަށް ލިބުނީ 5460 ވޯޓެވެ. ނަމަވެސް ބަޔަކާއި އެކު ކޯލިޝަން ހަދަން ނިންމާފައިވާކަން ޖޭޕީން ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ