ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި "ދަ ޑިމޮކްރެޓްސް"އާ އެކު ކޯލިޝަން ހެދުމަށް ގޮތް ނިންމުމަށް "ބޯޅަ އޮތީ އެ ޕާޓީގެ ކޯޓުގައި" ކަމަށް ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެންޕީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމް/ޕީއެންސީން ވަނީ މިއަދު ސޮއިކޮށްފައެވެ. އެ ރަސްމިއްޔާތަށް ފަހު ދަ ޑިމޮކްރެޓްސް އާއެކު ކުރެވޭ މަޝްވަރާތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ "ދަ ބޯލް އިޒް އިން ދެއާ ކޯޓު" ކަމަށެވެ.
މަސައްކަތް ކުރަނީ "ދިވެހިންގެ ރާއްޖެ"އެއް ހޯދުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ދައުވަތު ހުޅުވާލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުންނަމަ ޕީޕިއެމް/ޕީއެންސީއާ އެކު ޑިމޮކްރެޓުން މަޝްވަރާތަކެއް ކުރިއެވެ. އެކަމަކު ބޮޑެތި ޝަރުތުތަކެއް ޑިމޮކްރެޓުން ހުށަހަޅާފައިވާތީ އެ މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ޑިމޮކްރެޓުންގެ ކައުންސިލުން ވަނީ ބައްދަލުވުމެއް މިއަދު ބާއްވާފައެވެ.
އެކަން ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމުން، އެމްޑީޕީގެ ފަހަތަށް އަރަން ކައުންސިލްގެ ގިނަ މެމްބަރުން ވަނީ ދެކޮޅު ހަދާފައެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ އެ ޕާޓީ އަށް އޮތީ ތިން ގޮތެއް ކަމަށާއި އެއްގޮތަކީ އެއްވެސް ކޮޅަކަށް ނާރާ އެއްވެސް ބަޔަކަށް ތާއީދު ނުކޮށް ތިބުން ކަމަށެވެ.
ދެން އޮތް ގޮތްތަކަކީ އެމްޑީޕީ ނޫނީ ޕީއެންސީ ކޮޅަށް އެރުން ކަމަށް އިލްޔާސް ވިދާޅުވިއެވެ. ބައްދަލުވުން ނިމިގެން ދިޔައިރުވެސް ދެވަނަ ބުރުގައި އެ ޕާޓީން އަރާނެ ވަކި ކޮޅެއް ވަނީ ނުނިންމިފައެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް