މިމަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު މަސައްކަތް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމާ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މީރުމާ ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޯލިޝަން އެއްބަސްވުމުގައި އެމްއެންޕީގެ ފަރާތުން ސޮއި ކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އިދިކޮޅުގެ ފަރާތުން ސޮއި ކުރެއްވީ މިވަގުތު އިދިކޮޅު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެވެ.
ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފެށުނީ ޕީޕީއެމްގެ ތެރެއިން ކަމަށާއި މިވަގުތު އެޕާޓީއާ ދުރުގައި ހުންނެވި ނަމަވެސް އަބަދުވެސް ޕީޕީއެމްއާއެކު ހިތް އޮންނަ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އުއްމީދަކީ މިމަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު އެންމެން ގުޅިގެން ފަސޭހަ ކަމާއެކު ކާމިޔާބު ކުރުން ކަމަށެވެ.
އިންތިހާބު ކާމިޔާބު ކުރުމަށްފަހު މަސައްކަތް ކުރާނީ ކުރިޔަށް އޮތް ފަސް އަހަރު އެކުވެރިކަމާއެކު ދިވެހި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން