ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕާޓީތަކުން ހުށަހަޅާ ކޮންމެ ކަމަކަށް ވެސް "ވާހަކަ ދައްކަން އޯޕަން"ކޮށް ހުންނެވި ކަމަށާއި އިންތިހާބުގައި ހަތް ޕަސެންޓް ހޯއްދެވި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ހުށަހެޅުމެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.
ރައީސްގެ ކެމްޕޭންގެ މައި އިދާރާ "ސޯލްޓް ކެފޭ" ހިންގާ އިމާރާތުން ރޭ ދަންވަރު ނުކުތް ވަގުތު، ދަ ޑިމޮކްރެޓުންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަކީ ކޮބައިތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ ހުރިހާ ޕާޓީތަކާ ވެސް ވާހަކަތައް ދެކެވެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ހިތުން ޕީޕީއެމުން ވެސް ޕީއެންސީން ވެސް ދައްކާނެ އަދި ހާމަކުރެވޭ ވަރަކަށް އެ ވާހަކަ ނުދޭ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ ޑިމޮކްރެޓުންގެ ހުށަހެޅުންތައް ލިބިގެން ކަމަށެވެ. އެކަމަކު އަދި މިހާތަނަށް އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޯޕަން ހުރިހާ ކަމަކަށް. ވާހަކަ ދައްކަން ހުރިހާ ކަމަކަށް އޯޕަން،" ރައީސް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށް ފުށުއަރާނެ ކަހަލަ އެއްވެސް އެގްރީމެންޓެއް ހަދާފައިނުވާ ކަމަށެވެ.
"އެ އާއި ބެހޭ ހުރިހާ މައުލޫމާތެއް އެ ހުރީ ދީފައި. 241 ކޮމިޓީއަށް ވެސް އޭގެ އިތުރުން އެމްއެންޑީއެފުން ޑިފެންސުން އެ އަރާ އެ ބުނަނީ އެކަހަލަ ކަމެއް ނެތޭ،" ރައީސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަން ރައްޔިތުންނަށް ހާމަކުރަން ހުރި ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސޮއިކުރެވިފައި އެގްރީމެންޓްތަކަކީ ކުރީ ސަރުކާރުގައި ވެސް ހެދިފައިވާ އެގްރީމެންޓްތަކެއް ކަމަށާއި މި ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން އެއަށް ލިބިފައިވާނީ ލުއިތަކެއް ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ