މިމަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިފިއެވެ.
އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ލިބިފައެއް ނުވެއެވެ. އެހެންކަމުން މިމަހުގެ 30ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާނެއެވެ.
އެންމެ ގާތުގައި ވާދަކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިންތިހާބުގައި ބެހެއްޓި 574 ވޯޓު ފޮށި ގުނާ ނިމުނުއިރު މުއިއްޒަށް 101،128 ވޯޓު ލިބިވަޑައިގަތެވެ. އެއީ 46.01 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 85،989 ވޯޓެވެ. އެއީ 39.12 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން މުއިއްޒު ފެއްޓެވީ މިއަދު މެންދުރު މާލޭގައި ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ.
މިރެ އާއި މާދަމާ ވެސް ކެމްޕެއިންގެ ހަރަކާތްތަކެއް ބޭއްވުމަށް އިދިކޮޅުން ވަނީ ރާވާފައެވެ.
މުއިއްޒު އަލުން ކެމްޕެއިން ފެއްޓެވިއިރު ދެވަނަ ބުރުގެ ކެމްޕެއިނާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހް އަދިވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަކީ އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނޫން ކަމަަށް ރައީސް ސޯލިހުވެސް އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ