ރާއްޖެ އާއި މޮރީޝަސްއާ ދެމެދު އޮތް ކަނޑުގެ މައްސަލައާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސިޓީއެއް ދައުރުވާން ފަށައިފިއެވެ.
އެ ސިޓީއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާއި ސުވާލު ކުރުމުން އެއީ ސައްހަ ސިޓީއެއް ކަމަށް "ހަތާވީސް"އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
އެ ސިޓީގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ފަދަ ގޮތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮށްލާ ވާހަކައެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.
ބަދަލުގައި ރައީސް ވަނީ އެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑަކީ އަބަދުވެސް ރާއްޖެއިން ގެންގުޅެމުން އަންނަ ސްޓޭންޑު ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެ މައްސަލާގައި އޭރު ޓްރައިބިއުނަލުގައި އޮތް މައްސަލަ އަށް ވަކާލާތު ކުރުމުގައި ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މިފަދަ ސިޓީއެއް ލީކުވެފައި މިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރި ތުހުމަތުތަކަށް ރައްދު ނުދީ އެމްޑީޕީން ކެމްޕެއިން ކުރުމަކީ އިންތިހާބުގެ ނަތީޖާ އަށް އަސަރުކުރި ކަމެއް ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.
އަދި އެ ތުހުމަތުތަކަށް ރައްދު ދިނުމަށްޓަކައި ހާމަ ކުރަންޖެހޭ އެއްޗެއް ހާމަ ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ހަހާހަހަ، ވަގުތުން ލިއުމެއް އުފަންކޮށްލީ. ހާދަ ޔަހޫދީކަން ބޮޑޭ؟ ބަޓް ބޯ ވޯޓް.
ޒީ