އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަރާތްތަކުން ޕީއެންސީގެ ފަހަތަށް އެރުމަށް އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާވީ ފާހަގަކުރުމަށް މިރޭ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީއެންސީގެ ސަރުކާރެއްގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށެވެ. ހުރިހާ ރައްޔިތުންނާ މެދުވެސް އަމަލުކުރައްވާނީ ހަމަހަމަކޮށް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކީ އަބުރުވެރި ރައްޔިތަކަށް ހައްދަވައިދެއްވާނެ ކަމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
"ޕޯޑިއަމް ކައިރީގައި ހުއްޓި ވާހަކަ އެއް ދެއްކި ކޮންމެ ޖުމުލައެއް އަޅުގަނޑުގެ ހިތުގެ އަޑިން އަމިއްލަ ނަފްސަށް ހަމަޔަގީންކަން އޮވެގެން އެކަންކަން ކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮތީމަ" މުއިއްޒު ވިދަޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށެވެ. ޕީޕިއެމް/ޕީއެންސީ އަކީ ނަތިއްޖާ ނެރެދޭނެ ޓީމުކަމަށާއި އެއީ ތަރައްގީގެ ފިކުރުގެ ޓީމުކަމަށް ވިދާޅުވިއެވެ.
އެއަށް ފަހު މުއިއްޒު ދައުވަތު ދެއްވީ އިންތިހާބުގައި ވާދަކުރައްވާފައިވާ އެހެން ސިޔާސީ ޕާޓީތަކުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅުމަށެވެ. އަދި ގައުމީ މަސްލަހަތު އިސްކުރެއްވުމެއް އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑު ދިއްކުރަނީ ރަހުމްތްތެރިކަމުގެ އަތް މި އަތުގައި އެދެން، ގައުމުދެކެ ލޯބިވާ ހުރިހަ ސިޔާސީ ވެރިން ހިތްޕެވުމަށް" މިއީ ހުރިހާ އެންމެން އެކުގައި ގައުމުގެ މިނިވަންކަން އިސްކުރަން ޖެހޭ ވަގުތުކަމަށް ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								