ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ފަހަތަށް އަރާފާނެ ކަމުގެ އިޝާރާތެއް އެޕާޓީގެ ބާނީ އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ލިބިފައެއް ނުވެއެވެ.
އެންމެ ގާތުގައި ވާދަކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިންތިހާބުގައި ބެހެއްޓި 574 ވޯޓު ފޮށި ގުނާ ނިމުނުއިރު މުއިއްޒަށް 101،128 ވޯޓު ލިބިވަޑައިގަތެވެ. އެއީ 46.01 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 85،989 ވޯޓެވެ. އެއީ 39.12 ވޯޓެވެ.
އިންތިހާބުގެ ތިންވަނަ އަށް ގޮސްފައިވާ ކެންޑިޑޭޓަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބެވެ. 15،000އަށްވުރެ ގިނަ ވޯޓާއެކު އިލްޔާސް ވަނީ ހަތް ޕަސެންޓު ހޯއްދަވައިފައެވެ. އެހެންކަމުން ޕީއެންސީން ވެސް އަދި އެމްޑީޕީން ވެސް އެންމެ ބޮޑަށް މަސައްކަތް ކުރާނީ އިލްޔާސް ނުވަތަ ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަ ދީ އަދި އެ ގޮތްތައް މި ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.
ނަޝީދުގެ ޓްވީޓުގައި އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ޑރ. މުއިއްޒާ ގުޅުވައިގެން ބައެއް ފަރާތްތަކުން އަދި ވަކިން ހާއްސަކޮށް އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތަކަށް ކަމަށް ލަފާ ކުރެވެއެވެ. އެގޮތުން މުއިއްޒާ ހަރުކަށި ފިކުރުގެ ފަރާތްތަކާއި ގުޅުން އޮންނަ ކަމަށް އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ތެރޭގައި ވަނީ ތުހުމަތު ކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް