ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި މިއަދު ހެނދުނު ފެށި ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް މާގިނަ މީހުން އަދި ނުނިކުންނަ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:00ގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހެނދުނު 10:00އާ ހަމައަށް ވޯޓުލީ 12.81 ޕަސެންޓު މީހުން ކަމަށެވެ. އެއީ 36،163 މީހުންނެވެ.
އިލެކްޝަނުން ބުނީ 246،232 މީހުން އެހާ ހަމައަށް އައިއިރު ވޯޓުލާފައި ނުވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ 2008ވަނަ އަހަރަށްފަހު އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ އިންތިހާބެވެ. އެގޮތުން މި އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. މީގެތެރޭގައި މިނިވަން ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން ހިމެނެއެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުން ކަމަށް އީސީން ބުނެފައިވެއެވެ.
އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 142 ފޮށި ބަހައްޓަނީ މާލެގައެވެ. ހުޅުމާލޭގައި 27 ވޯޓު ފޮށި، ވިލިމާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅު ތެރޭގައި ބަހައްޓަނީ 319 ވޯޓު ފޮއްޓެވެ. ރިސޯޓު ތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ސިނާއި ސަރަހައްދު ތަކުގައި އެއް ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށްވޯޓު ފޮށި ބަހައްޓާނެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓަނީ އިންޑިއާގެ ޓްރިވަންޑްރަމް، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ، އިނގިރޭސިވިލާތުގެ ލަންޑަން އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.
 
		 
										
										 
 
 
 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								