މާދަމާ ރޭ އުސްފަސްގަނޑުގައި އޮންނާނީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމުގެ އުފާފާޅުކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގައި އެންމެ ގިނަ ރަށްތަކަށް ވަޑައިގެންނެވި ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު އެހެން ވިދާޅުވީ ކެމްޕެއިން ނިންމާލުމުގެ ގޮތުން އުސްފަސްގަނޑުގައި މިއަދު ހަވީރު ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު އެ ދެނީ ތި ހުރިހާ ބޭފުޅުން މި ކާމިޔާބީގައި ބައިވެރިވެވަޑައިގަތުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާދަމާ ރޭ މިތަނަށް އެއްވާނީ މިކަމުގެ ކާމިޔާބީ ފާހަގަކުރަން،" އުސްފަސްގަނޑަށް ޖަމާވެފައި ތިބި އެތައް ބަޔަކާ މުހާތަބުކޮށް ރައީސް ވިދާޅުވިއެވެ.
ކެމްޕެއިންގައި ގިނަ ރަށްތަކަށް ވަޑައިގެންނެވުނުކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިން ކެމްޕެއިން އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ ކެމްޕެއިންގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުރި ކެމްޕެއިނާ ގާތަށް ވެސް ވާދަވެރިންނަށް ކެމްޕެއިން ނުކުރެވޭ ވާހަކައެވެ.
"ތުރާކުނުން ފެށިގެން، އައްޑޫ ސިޓީއާ ދޭތެރޭ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ދެވިއްޖެ. ކޮންމެ ރަށަކުން ކޮންމެ ރައްޔިތަކު ވެސް ބުނަނީ އެއްބުރުންނޭ،" ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
މީނާގެވާހަކަހުންނަގޮތުން ހީވަނީ ޔަގީނުންވެސް މަކަރެއް ހަދާގެންއުޅޭހެން އެހެންނޫނީ މީނާއަކަން.ކާމިޔާބެއް ނުލިބޭނެ. انشاااله
ވ