ފައްސަތޭކަ ރުފިޔާގެ ވަގު ނޫޓުތަކެއް ދައުރުވަމުން އަންނަ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދޮގުކޮށްފިއެވެ.
ފައްސަތޭކަ ރުފިޔާގެ ދެ ނޫޓު ގާތް ގާތުގައި ޖައްސާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ދެ ނޫޓުގެ ސައިޒުގައި ތަފާތު ކަމެއް ހުރެއެވެ. އެހެންކަމުން ވަގު ނޫޓުތަކެއް ދައުރުވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެކަމާއި ގުޅިގެން "ހަތާވީސް"އާ ވާހަކަދެއްކެވި އެމްއެމްއޭގެ އޮފިޝަލަކު މިރޭ ވިދާޅުވީ ވަގު ނޫޓެއް ކަމަށް ބުނެ ދައުރުވަމުން އަންނަ 500 ރުފިޔާގެ ނޫޓު އެމްއެމްއޭ އަށް ގެނެސް ޗެކު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ވަގު ނޫޓެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި ނޫޓުތަކުގެ އެކި ބެޗުތަކުގައި ބައެއް ފަހަރު ސައިޒުގެ ކުޑަ ތަފާތުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން