ރާއްޖޭގެ ބިންތައް އިންޑިއާއަށް 99 އަހަރަށް ދިނުމާއެކު އިތުރު ހެލިކޮޕްޓަރުތަކެއް ރާއްޖެއަށް ފޮނުވަން އެދި އިންޑިއާ ސަރުކާރުން ފޮނުވި ސިޓީއެއް ކަމަށް ބުނެ ބައެއް ފަތުރާ ސިޓީއަކީ އަސްލެއް ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރަވަމުން އަންނަ ސިޓީއަކީ އެއީ "ފޯޖް" ކޮށްފައިވާ ސިޓީއެއް ކަމަށެވެ. އަދި އޭގައި ހިމެނޭ މައުލޫމާތުތަކަކީވެސް ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
އިންޑިއާއެކު އެކު އޮންނަ ގުޅުން ހީނަރުކުރުމުގެ މަގްސަދުގައި ހިންގާ އެ އަމަލު ކުށްވެރިކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި
ނޫސްވެރިކަމުގެ މިންގަނޑުތަކާއި އަހުލާގާ އެއްގޮތްވާ ގޮތުގެ މަތިން މިހާރަށްވުރެ ޒިންމާދާރުކަމާއެކު ނޫސްވެރިން އަމަލުކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ