އއ. ބޮޑުފުޅަދޫ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ބޮޑުފޮޅުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ ޖުލައި މަހުއެވެ.
ސަރުކާރު ބަޖެޓުން ހަރަދުކުރާ 74.12 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން، އަށް ހެކްޓަރުގެ ބިން ހިއްކުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށީ ވަނީ ލާފައެވެ. 1052 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ބުނީ ދިއްގަރު ބިން ހިއްކުމުގެ ނުނިމި އޮތްބައި މިއަދު ހިއްކަން ފަށާނެ ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށިލުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިއީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި