ރ. އިންނަމާދޫ އިން އިދިކޮޅު ޕީޕީއެމްއާ ގިނަ އަދަދެއްގެ ބަޔަކު ގުޅިއްޖެއެވެ.
މީގެތެރޭގައި އެރަށު ކައުންސިލްގެ ތިން މެމްބަރުންނާއި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ވެސް ހިމެނެއެވެ.
އެ ކައުންސިލަރުން ޕީޕީއެމްއާ ގުޅުނީ އިންނަމާދޫ ކިއްސަރު ޖަގަހަ ހުޅުވަން ރޭ ބޭއްވި ޖަލްސާގައެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީއާ ގުޅުނު ތިން ކައުންސިލަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގައި ނައިބް ރައީސް އަހުމަދު ރުޒާމް ގެ އިތުރުން މިނިވަން ދެ މެންބަރުން ކަމުގައިވާ އާމިނަތު ނުހާ އަދި އާމިނަތު ސަމާހާ ކަމަށެވެ.
އަދާލަތު ޕާޓީން ވަކިވެ ޕީޕީއެމްއާ ގުޅުނު މެންބަރުންގެ އަދަދު 73 އަށް އަރާ ކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ.
މީގެ އިތުރުން އިންނަމާދޫ އެމްޑީޕީގެ ވަރަށް އިސްކޮށް ހަރަކާތްތެރިވާ ހުސެން ރައޫފް، އިބްރާހިމް ރަޝީދުގެ އިތުރުން ގިނަ ފަރާތްތަކެއް އެޕާޓީއާ ގުޅިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާއި ގުޅިގެން ސިޔާސީ މައި ބޮޑު ދެޕާޓީ އަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ގުޅިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ