ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ނޫން ތަނެއްގައި ވެހިކަލް ޕާކު ކޮށްގެން ޖެހި ޕާކިން ސްޓިކާގެ ޖޫރިމަނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މައާފު ކޮށްދެއްވައިފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ރައީސް ނިންމެވީ ތަފާތު އެކި ސަބަބުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އޭގެ ތެރޭގައ،ި މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުން ދިޔުމާއ،ި ޓްރެފިކް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދ،ި ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން ާއންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު އެފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުން ދިއުމާއ،ި އެކަން އެގޮތަށް ހިނގަމުންދާކަން އެމަނިކުފާނަށާއި ސަރުކާރަށް ވެސް ގަބޫލުފުޅުކުރެއްވޭތ،ީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދިނުމަށް އެމަނިކުފާނު ނިންމެވީ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ވެސް ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބި ކަމަށާއ،ި އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ތެރޭގައި ވިދާޅުވެފައިވާކަން ފާހަގަކޮށް ސަރުކާރުގެ ބަޔާނުގައި ބުނެފައި ވަނީ ޕާކިން ޖޫރިމަނާ ފިޔަވައި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެ ގޮތްވެސް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

"މިގޮތުން ވަކި ހާލަތަށް ރިއާޔަތްކޮށް ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މައާފު ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ،" ބަޔާނުގައިވެއެވެ.

މީގެ ތެރޭގައ،ި ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއ،ި ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމާއ،ި އެއްގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުން ކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.

އެ ބަޔާނުގައި ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު އެ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުމުން މައާފުކުރެވޭ ކަންކަން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ބުނީ އެ ޓްރެއިނިން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަ ވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ދެ ހަފްތާއާއި އެ މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށް ކަމަށެވެ.

އެގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކުނ،ް އެފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދު ކުރުން ކަމަށާއި އޭގެ ސަބަބުން ޓްރެފިކް ގަވާއިދުތަކަށާއ،ި އިޖްތިމާއީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރު ވެގެން ދާނެ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.