ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ލިންކު ރޯޑްގައި މަގުބަތި ހަރުކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރެއްގައި ހެދުމުގެ މަޝްރޫއުގެ ތެރެއިން އައްޑޫސިޓީ ލިންކް ރޯޑްގެ ހިތަދޫ ރުއްފަށާ ސަރަހައްދުން ނެޝަނަލް ޕޮލިސް އެކަޑަމީ ސަރަހައްދުގައި މިހާރު ލައިޓް ހަރުކުރެވި މަގު ދިއްލިފައިވާ ކަމަށެވެ.
އަދި މަގުގެ ބާކީ ސަރަހައްދުތަކުގައިވެސް ލައިޓްޖެހުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
2003 ވަނަ އަހަރު ހުޅުވި އައްޑޫ ލިންކު ރޯޑްގެ ދިގުމިނަކީ 13 ކިލޯ މީޓަރެވެ. އެތައް ނުދިއްލަ އޮތުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ.
އައްޑޫ ލިންކުރޯޑް ދިއްލަން ނިންމިއިރު އެ ސިޓީ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.
އެގޮތުން އެ ސިޓީގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސިޓީގެ ރަށްތަކުގެ ބިން ހިއްކުމުގެ ބޮޑުބައި މިހާރު ވަނީ ނިންމާލާފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން