އއ. އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށާއި އެކަމުގެ ހައްލަކީ އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރިއަށް ވަޑައިގެން ވާހަކަދައްކަވަމުން މުއިއްޒު ވަނީ އއ. އަތޮޅުގެ ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި މަތިވެރީގައި އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެފައެވެ.
މުއިއްޒުގެ ވާހަކަފުޅުގައި މަތިވެރި އާއި އަދި އއ. އަތޮޅުގެ އެހެން ރަށްތައް ވެސް ހިމެނޭހެން ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އޭނާ އިންތިހާބު ކޮށްދެއްވައިފި ނަމަ، މަތިވެރި ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކޮށްދެއްވާނެ ކަމަށާއި އަދި އެކަން އަވަހަށް ނިންމާލަ ދޭނެ ކަމަށް ވިދާޅުވެފައެވެ.
"އެކަމަށް ބޭނުންވާ ހައްލަކީ މި ސަރަހައްދުގައި އެއާޕޯޓެއް އެޅުން. އެހެންވީމަ ފަޅުތެރެއިން މި ރަށާއި ގުޅުވައިގެން އެއާޕޯޓެއް ހަދާނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަތިވެރީގެ ބިން ވެސް ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު މަތިވެރިއަށް ބޭނުންވާ ބިން ވެސް ހިއްކިގެން ދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ބޯހިޔާވަހިކަމަށް ވެސް ހައްލެއް ލިބިގެން ދާނެ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒު ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަތިވެރި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މުއިއްޒު ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ "ލެގަސީ" ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް ހުށަހަޅަނީ
އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުން
40 ވުރެ ގިނަ މަސްދޯނި ރައީސް އޮފީހާ ދިމާލުގައި އިހްތިޖާޖު ކުރަނީ
މަސްވެރިކަން ކުރިއެރުވުމަށް މަޝްރޫއުތައް ނިންމަންޖެހޭ: އިބޫ
ދިވެހީންގެ ދުޅަހެޔޮކަން، ބިދޭސީންގެ ދުޅަހެޔޮކަމާ ގުޅިފައިވޭ
ދެ ލޯބިވެރިންގެ މެދުގައި މާރާމާރީ ހިންގާ އެކަކަށް ވަޅިން ހަމަލާދީފި