ރިޔާސީ އިންތިހާބަށް ވެރިކަންކުރާ އެމްޑީޕީންކުރަމުންދާ ކެމްޕޭނު ނިންމަން އައްޑޫ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވާން ނިންމައިފިއެވެ.
އެ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގެ ވެރިރަށް ހިތަދޫގެ ސިޓީ ބާޒާރު ސަރަހައްދުގައެވެ.
ޖަލްސާ ފަށާނީ އެ ރޭ 8:15 ގައެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ އައްޑޫއިން 12،100 ވޯޓު ލިބިވަޑައިގެންފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕިގެ ރިޔާސީ ކެންޑިޑޭޓް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ރ އަތޮޅުގެ ރަށްތަކަށެވެ. އެމްޑީޕީން ވަނީ ދާދީ ފަހުން މާލޭ ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ފޯރިގަދަ ޖަލްސާއެއް ބާއްވާފައެވެ.
މި އިންތިހާބުގައި އެމްޑީޕީން ގެންގުޅޭ ސްލޯގަން އަކީ " އުފާވެރި އަމާން ރާއްޖެ" އެވެ. އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ކަމެއް ވަނީ މިހާރު އާއްމުކޮށްފައެވެ. އެއީ އުފާވެރި ދިރިއުޅުން، އާ ޒުވާނުން ޖީލު، އަމާން މުޖުތަމައު އަދި ހެޔޮވެރިކަމުގެ އިތުރުން އިގްތިސާދު ބޮޑު ބަދަލު ހިމެނެއެވެ.
ވާދަވެރި މި އިންތިހާބު އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ސޯލިހު ގެންދަވަނީ ކެމްޕޭނު ޖަލްސާތަކުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ މި ފަސް އަހަރަކީ ރާއްޖެއަށް މިއިން ދުވަހަކުވެސް ނުދެކޭވަރުގެ ތަރައްގީއެއް ގެނެސްދެވުނު ފަސް އަހަރެވެ.
އެހެން ބަޔަކާއި ވެރިކަން ހަވާލުކޮށްފިނަމަ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ޕީޕީއެމް/ޕީއެންސީއާ ވެރިކަން ހަވާލުކޮށްފިނަމަ ރާއްޖެ އަލުން އަނބުރާ އަނިޔާވެރިކަމުގެ ތެރެއަށް ހިނގައިދާނެ ކަމަށް ވެސް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުން ކަމަށް އީސީން ބުނެފައިވެއެވެ.
އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 142 ފޮށި ބަހައްޓަނީ މާލެގައެވެ. ހުޅުމާލޭގައި 27 ވޯޓު ފޮށި، ވިލިމާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅު ތެރޭގައި ބަހައްޓަނީ 319 ވޯޓު ފޮއްޓެވެ. ރިސޯޓު ތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ސިނާއި ސަރަހައްދު ތަކުގައި އެއް ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށްވޯޓު ފޮށި ބަހައްޓާނެއެވެ.
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
ނޮވެމްބަރު 2 ސަރުކާރު ބަންދު
ކޮމެޓީން ފާސްކުރީ މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން