ފަތުރުވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގެ އެންމެ ބޮޑު ސިޓީ އައްޑޫ ސިޓީން ހިއްކި ރަށްތަކަށް ކިޔާނެ ނަންތައް އެ ސިޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ފަޅުތެރޭގައި ހިއްކާފައިވާ 2 ރަށާއި، މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ ރަށުގައި ރިސޯޓު ތަރައްގީކުރަން، ބީލަމަށް ހުޅުވާލުމަށްޓަކައި އެ ރަށްތަކަށް ނަންކިޔުމަށް އާއްމުންގެ ހިޔާލަށް ހުޅުވާލީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ކައުންސިލުން އެކަމަށް މިއަދު ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 11 ވަނަ ކުއްލި ޖަލްސާގައި ވަނީ އެ ރަށްތަކަށް ކިޔާނެ ނަމެއް ކަނޑައަޅާފައެވެ.
މޭޔަރު އަލީ ނިޒާމު ވިދާޅުވީ ތިން ރަށަށްވެސް ކިޔާނެ ނަންތައް ހުށަހެޅިފައިވަނީ ވަަކިވަކިން ކަމަށެވެ.
ރަށްތަކަށް ދިން ނަންތައް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. އެ ނަންތައް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ރަށްތަކަށް ދިން ނަން:
1. މީދޫ ފަޅުތެރެއިން ހިއްކި ރަށް: ދޮންހެރަ
2. ހިތަދޫ، އައިލެންޑް ތިނެއް: ބޮލިހެރަ
3. ހިތަދޫ، އުތުރުގައި ފަޅުގައި ހިއްކި ރަށަށް: ދޮންދީނި ހެރަ
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ