ހދ. ގެ ދަނޑުވެރިން ހައްދާ ތަކެތި އެހެން ސަރަހައްދުތަކަށް ފޮނުވޭ ގޮތަށް ކާގޯ ފެރީތަކެއް އަންނަ ދައުރެއްގައި ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ހދ. ވައިކަރަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ވިދާޅުވީ ސީދާ ޔޫރަޕުންނާއި މެދުއިރުމަތިން އެ ސަރަހައްދަށް ޑައިރެކްޓް ފްލައިޓުގައި މީހުންނަށް އާދެވޭ ގޮތްވުމުން އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށެވެ. ހަނިމާދޫ އެއާޕޯޓަށް އަހަރަކު 1.5 މިލިއަން ގެންނަން އަމާޒުހިފާފައިވާއިރު އޭގެ މަންފާ ވައިކަރަދޫއަށްވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ސަރަހައްދުގައި އިތުރު ރިސޯޓުތަކެއް ތަރައްގީކުރައްވާނެ ކަމަށާއި އަދި ވަރަށް އަވަހަށް އެކަން އިއުލާންކުރައްވާނެ ކަމަށެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ ވައިކަރަދޫ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ރަށްތަކަކީ ދަނޑުވެރިކަންކުރާ ރަށްތަކަށްވާއިރު ސަރުކާރުން ބޭނުންވަނީ ދަނޑުވެރިން ހައްދާ ތަކެތި ފަސޭހައިން ތާޒާ ކަންމަތީ އެހެން ސަރަހައްދުތަކަށް ފޮނުވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. އެހެންވެ އާރްޓީއެލްގެ ފެރީގެ ނިޒާމުގެ ތެރެއިން ދަނޑުވެރިން ހައްދާ ތަކެތި ގެންދެވޭނެ ގޮތަށް ފެރީތަކެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
"ބޭނުންވަނީ ކާގޯ ފެރީއެއް މި ހިސާބުގައި ދަތުރުކުރެވޭނެ ގޮތް ހެދުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެމްޓީސީސީ މެދުވެރިކޮށް އެ މަސައްކަތްފަށާ ދަނޑުވެރިންނަށް އުއްމީދު ގެނެސްދޭނަން. އެ ބޭފުޅުން އުފައްދާ ތަކެއްޗަށް ރަނގަޅު އަގު ލިބޭނެ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިކަމުން އުފައްދާ ތަކެތިން ލިބޭ ނަފާ އިތުރުކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއު ޗެއިނެއް ގާއިމްކޮށް ދިވެހި ދަނޑުވެރިންނަށް ދިވެހި މާރުކޭޓާއި ރިސޯޓުތަކަށާއި ބައިނަލްއަގްވާމީ މާރުކޭޓްތަކާއި ގުޅުވާލަދީ އެތަކެތި ބޭރުކުރެވޭ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް