ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ބަދަލުވި ގޮތާއި ގުޅޭ ގޮތުން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ފެންނަން ނެތް ކަމަށާއި އެކަން ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި ހދ. ނޭކުރެންދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ވަނީ ކޯނީ ރިޕޯޓަކީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށެވެ. އެހެންނަމަވެސް މިއަދު އެ ރިޕޯޓު ފެންނަން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަން ބަލައި ތަހުގީގު ކުރީމަ އެނގޭނީ އޭގައި ޒިންމާވާ މީހުން. އަޅުގަނޑުމެން ފުލުސް އޮފީހަށް ހުށަހަޅައިގެން އެކަން ބަލަމުން މި އަންނަނީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޯނީ ރިޕޯޓު 25 އަހަރު ވަންދެން ރައްކާ ކޮށްފައި ބޭއްވުމަށް އޮތީ ނިންމައިފައެވެ.
މީގެކުރިން ވެސް ހަމަ މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އެއީ އެ ރިޕޯޓު ނައްތާލި ކަމުގެ ތުހުމަތެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ