ހދ. މަކުނުދޫގެ ފަޅުގައި ރިސޯޓެއް ތަރައްގީކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ އެއާޕޯޓް އަޅައި ނިމި ވައިގެ މަގުން ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ގުޅާލެވުމުން މަކުނޫދު ރައްޔިތުން ބޭނުންވާ ތަފާތު ބޮޑު ތަރައްގީއެއް އެ ސަރަހައްދަށް ގެނެވޭނެ ކަމަށެވެ.
މަކުނޫދޫ އަކީ ތަފާތު ރީތި ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށަކީ ޓޫރިޒަމަށް ފައްކާވެފައި އޮތް އެއް ރަށް ކަމަށެވެ. އެ ސަރަހައްދުގައި މިހާރުވެސް ރިސޯޓެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރައީސް ވިދާޅުވީ އަންނަ ދައުރެއްގައި 17 މޭލުގެ ދިގުމިން އޮންނަ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި މަކުނުދޫ ފަޅުގައި އިތުރު ރިސޯޓެއް ހެދުމަށް ހުޅުވާލާނަން" އެމަނިކުފާނު ވިދާޅުވީ އެ ރަށުގެ އެއާޕޯޓާ އެކި ހިއްކާ ރަށްތައްވެސް ވެގެންދާނީ ޓޫރިޒަމަށް އިތުރަށް ހުޅުވިގެންދާ ދޮރަކަށް ކަމަށެވެ. އޭގެ ސަބަބުން އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މަކުނުދޫގެ އެކަހެރިކަން ފިލުވާލެއްވިއްޖެ ކަމަށާއި އާރްޓީއެލްގެ ނިޒާމުން ރަށްތައް ގުޅުވާލުމާއެކު އެކި އެކި ހިދުމަތްތަކަށް ކުޅުދުއްފުއްޓާއި އެހެން ރަށްތަކަށް ކުރަންޖެހޭ ދަތުރުތަކުގެ އަގު ހެޔޮވެ ރައްޔިތުންނަށް ލުއިތަކެއް ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ތިން ސަރަަހައްދެއްގައި ރޭސިން ޓްރެކް އަޅަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު އޭގެ ތެރެއިން އެއް ރޭސިން ޓްރެކް ހާއްސަކުރާނީ މަކުނުދޫ އަށް ކަމަށެވެ.
ރައީސް މަކުނުދޫއަށް ވެވަޑައިގެންނެވި ވައުދުތައް:
- ބިންހިއްކުން އަދި ހައުސިން ޔުނިޓް އެޅުން
- މަގުތައް ތަރައްގީ ކުރުން
- ބަނދަރު ފުންކޮށްދިނުން
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ