ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ސިޔާސީ ދާއިރާއަށް ނުކުތީ އަދާލަތު ޕާޓީގެ ހާލީގައި އޮވެގެން ކަމަށް އެ ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ވާހަކައަށް މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީން ހުކުރު ދުވަހުގެރޭ އަލިމަސް ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މުއިއްޒު ދިޔައީ އަދާލަތުން ކުރަމުންދިޔަ ހުރިހާ ކަމަކާއި އޭރު ދެކޮޅު ހަދަމުން ކަމަށެވެ.
"މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެ ކައިގެން. އަޅުގަނޑުމެން ކާންބޯން ދީގެން." އިމްރާން ވިދާޅުވިއެވެ.
ވެރިކަން ބަދަލުވެގެ މަގާމުތައް ބަހަން ޖެހުމުން މުއިއްޒު "ކުޑަކުއްޖަކު މަންމަ ކައިރީ ރޯހެން" ރުއި ކަމަށް އިމްރާން ވިދާޅުވިއެވެ.
މިއަދު ޕީއެންސީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވިދާޅުވީ އިމްރާން މުއިއްޒުއާއ ގުޅުއްވައި ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ތޮލާލް ވިދާޅުވީ އިމްރާން ކިޔަވާ ވިދާޅުވެގެން ރާއްޖެވަޑައިގެން މާލޭގައި ހާލުގައި ޖެހުމުން އެހީތެރިވެވަޑައިގެންނެވީވެސް މުއިއްޒު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުންނަމަ އަދާލަތު ޕާޓީ ނެތުމުގެ ތެރެއަށް ގޮސް އުވޭ ހާލުގައި އޮއްވާ އެ ޕާޓީ ކޮޅަށް ޖެހީ މުއިއްޒުގެ ބުރަ މަސައްކަތުންނެވެ.
"އެތައް މަސައްކަތެއް ކުރައްވައިގެން އަދާލަތު ޕާޓީ ކޮޅަށް ޖެއްސެވީ އިދާރީ ގޮތުންވެސް މާލީ ގޮތުންވެސް، މާލީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކޮށް ދިނީ މުއިއްޒު، އެމަނިކުފާނުގެ އަމިއްލަ ފައިސާއިން ހަރަދުކުރައްވައިގެން" ތޮލާލް ވިދާޅުވިއެވެ.
"އަދާލަތު ޕާޓީގެ ހާލީގައި އޮވެގެން ބޮޑޫވި ވާހަކަ ދައްކަވާނެ ކަމެއް ނެތް. އަދާލަތު ބޮޑުކޮށް ދިނީ ޑރ މުއިއްޒު" އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ "އަދާލަތު ޕާޓީ، ޕާޓީގެ ގޮތުގައި ފެންނަނީ" މުއިއްޒުގެ ސަބަބުން ކަމަށެވެ. މުއިއްޒު ހިމެނޭހެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަލީ ޝާހީމް ވެސް އަދާލަތާއި ދުރުވީ ސަބަބުތަކެއް އޮވެގެން ކަމަށް ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި