އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯގެ މައުލޫމާތުތައް ހިއްސާކުރަން "ރުއްގަނޑު ހައިޖާނު"ގެ ނަމުގައި ތަފާތު ހަރަކާތެއް ހުޅުމާލޭގައި މިރޭ އޮންނާނެއެވެ.
އެ ހަރަކާތް ފަށާނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި މިރޭ 8:00 ގައެވެ. އެ އިވެންޓުގައި ޔޫތު މެނިފެސްޓޯގައި ހުރި ކަންކަމުގެ މައުލޫމާތު ތަފްސީލީ ގޮތެއްގައި ޒުވާނުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑިޕީ ޔޫތްގެ ޕީއާރް މެނެޖަރު އަލީ ރިޔާދު "ހަތާވީސް" އަށް ވިދާޅުވީ އެ ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޒުވާނުންގެ މެނިފެސްޓޯގައި ހުރިކަންކަން ހިއްސާކުރުން ކަމަށެވެ.
"މެނިފެސްޓޯގައި ހުންނާނެ ބައެއް ޓެކްނިކަލް ޓާމްތައް. އަޅުގަނޑުމެން ބޭނުންވަނީ އެ މެސެޖުތައް ތަފްސީލުކޮށް ޒުވާނުންނަށް ކިޔައިދިނުން،" އޭނާ ވިދާޅުވިއެވެ.
ރިޔާދު ވިދާޅުވީ މައުމޫލާތު ދިނުމަށް ފަހު އޯޑިއެންސުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެންމެ ތަފާތުކަމަކީ އެ އިވެންޓުގައި ދޭތެރެ ދޭތެރެއިން މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުﷲ އީސާ، ލަވަ ހުށަހަޅައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ