މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިގްތިސޯދު ދެގުނަ ކުރުމަށް ކަމަށާއި އެގޮތުން ކުރިޔަށް އޮތް 10 އަހަރުން އާމްދަނީ 50 ބިލިއަނަށް އަރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މި މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާއެކު "ސަންގު ޓީވީ" އިން މިރޭ ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ވޭތުވެދިޔަ 20 އަހަރު ރާއްޖެ ކަޑަތު ކޮށްފައިވާ ގޮތާއި މެދު ދިވެހިން ވިސްނުމަށް އެދޭ ކަމަށެވެ.
ރައީސް ވިދާޅުވީ 2013ވަނަ އަހަރުން ފެށިގެން 2018އަށް ހިނގާދިޔަ ވެރިކަމުގައި ދިވެހިންނަަށް ފެނުނީ ވަރަށް އަނިޔާވެރި ވެރިކަމެއް ކަމަށެވެ.
"ވެރިޔަކު ވެއްޖިއްޔާ ޕާޓީއެއްގެ ލީޑަރެއް ވެއްޖިއްޔާ އޮތީ ޖަލުގައި. ނޫހެއް ވެއްޖިއްޔާ އޮތީ ބަންދު ކޮށްފައި، ވާހަކައެއް ނުދެއްކޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން 2018ވަނަ އަހަރު އެމްޑީޕީއާ ވެރިކަން ހަވާލު ކުރުމުން އެތައް މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން 145 ރަށުގައި ފެނާ ނަރުދަމާ އަޅަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ 150 ރަށަކަށް ކަރަންޓުގެ ހިދުމަތް ދޭން ޖެހުނު ކަމަށެވެ. މީގެއިތުރުން 125 ރަށުގެ ލަފާ ފުރުން ހައްލު ކުރަން ޖެހުނު ކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
މުސާރަތަކަށް ހެޔޮ ބަދަލު ގެނުވިއްޖެ ކަމަށާއި މިނިމަމް ވޭޖު ކަނޑައެޅި، ސާވިސް ޗާޖު ދެވެން ފެށިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ދެން ވިދާޅުވީ ރާއްޖެ އަށް އަންނަމުން ދަނީ ބޮޑު ހެޔޮ ބަދަލެއް ކަމަށެވެ.
ވެރިކަމަށް އެމަނިކުފާނު ވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސޯދުގެ ސައިޒަކީ 81 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ 2028ވަނަ އަހަރު އަންނައިރު އެ ދެގުނަވެ، 170 ބިލިއަނަށް އަރާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގެންނެވިއިރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެމުން ދިޔައީ 22 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ކުރިޔަށް އޮތް 10 އަހަރު ތެރޭގައި 50 ބިލިއަނަށް އަރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައިސްސޯލިހުރިއާސީބަހުސްގަވިދާޅުވީ)މިހާރުމިދަނީއިގުތިސޯދުދެގުނަކުރަމުއް ރައިސްސޯލިހުހީފުޅުކުރަޢވަނީރާއްޖޭގެރަތްޔިތުއްނަކީއެއްވެސްއެއްޗެއްނޭގޭގަމާރުއް ތަކެއްކަމައްތޯއޭ.އެހެއްހީފުޅުކުރުމަކީކުއްހިއެއް)ހަމަގާމުވެސްމިހާރައްވުރެޢްމިގައުމުގެ އިތިސޯދުކުރިއަރާނަމަ)މިގައުމުގެގިރިފަރުތަކާބޮޑެތިފަޅުރަތްތަކާއުރިހާއެއާޕޯޓުތަކާމާލޭގަހުރިނަމަހުރިއަގުބޮޑުއިމާއްރާތައްހުއްނާއިއްޑިއާގެހިމާއަތުގެދަސުގަމިއީހަމަހަގީގައް
ޒާހިރު