ފުލުހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށާފައި ވަނީ އޯގަސްޓު 30 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި، ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓްލުމުގެ ހައްގު ގެއްލިގެންދާކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. އެކަން ދޮގުކުރަމުން ފުލުހުން ބުނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ، ވަކި ވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި، އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމް ތަކެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، އޮޕަރޭޝަން ގައި ޑިޕްލޯއި ކޮށްފައިވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެކަމުގެ ޔަގީންކަން ފުލުހުންދެއެވެ.
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައެވެ.
އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ