މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އައިއޯއައިޖީގައި ރާއްޖެއިން ހޯދަމުން އަންނަ ކާމިޔާބީތަކަކީ ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލުގެ ނަތީޖާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ގިނަ މެޑަލްތަކެއް ހޯދައިފައެވެ.
މިއަދު އޮންނަ ގޭމްސްތަކުން ވެސް ރާއްޖެއަށް ރަނގަޅު ކާމިޔާބީތަކެއް ލިބުން ގާތެވެ.
މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ހޯދަމުން އަންނަ ކާމިޔާބީތަކާ ގުޅިގެން މަޑަގަސްކަރައިގައި އެތުލީޓުންނާ އެންމެ ގާތުގައި ހުންނަވާ މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލް އަގުވާމީ ކުޅިވަރުތަކުގައި މިކުރިއެރުން އަދި މިބަދަލު މިއައީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ.
"ޝައްކެއްވެސް ނެތްގޮތުގައި މިކުރިއެރުން އަދި މިބަދަލު މިއައީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން. ޤައުމީ ކުޅިވަރު ތަކުގައި ހުރި ތަފާތުކުރުންތައް ނައްތާލާ، އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށްދޭ އެލަވަންސް ހަމަހަމަކޮށް، އަރުތަ ޕްރޮގްރާމުގެ ދަށުން ކުޅުންތެރިން ކްރޮއޭޝިއާގައި ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދީ، ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާ އަދި ޓީޓީ ކުޅޭނެ ރަނގަޅު ފެންވަރުގެ ސެންޓަރުތައް ތަރައްގީކޮށްދީނުމުގެ ނަތީޖާކަން ޔަގީން."
މަހްލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފުވައްމުލަގުގައި ގާއިމު ކޮށްފައިވާފަދަ ޓީޓީ ސެންޓަރެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމުކޮށް ބިދޭސީ ކޯޗަކާއެކު ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ފެށުން ކަމަށެވެ.
"ސިޔާސަތަށް ގެނެސްދެއްވި ބަދަލަށް އަދި ދެއްވާ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވަން. އަދި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު، ނައިބު ޝިއުރީ، ޖީއެސް ސަމާހަތު އަދި އެކްސްކޯ އަށް މަރުހަބާ އާއި ޝުކުރު."
މީގެ އިތުރުން މަހްލޫފް ވިދާޅުވީ ތަމްރީނުތަކުގައި އެތައް ވަގުތެއް ހޭދަކޮށް ދާއޮހޮރުވައިގެން ކުރި ބުރަސައްކަތަށް އަދި ބެލެނިވެރިން އެތުލީޓުން އެންމެ ކުޑައިރުއްސުރެ ވެވަޑައިގެންނެވި ޤުރުބާނީއަށް އަދި މިހާރުވެސް ދެއްވާ އެއްބާރުލުމަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެހެންމެ އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު އަދި އެކްސްކޯއިން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ