ޔޫރޮޕުގެ ޓްރާންސްފާ މާކެޓުގެ ވަގުތު ހަމަވާން ކުޑަތަން ވެފައިވަނިކޮށް ބާސެލޯނާއިން ޕޯޗުގަލުގެ ދެ ކުޅުންތެރިން ކަމަށްވާ ޔާއޯ ފީލިކްސްއާއި ޔާއޯ ކަންސެލޯ ލޯނު އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފިއެވެ.
މި ޓްރާންސްފާމާކެޓުގައި ބާސެލޯނާއިން ޓީމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިންތަކެއް ވަނީ ދޫކޮށްލައިފައެވެ. އެގޮތުން ޖޯޑީ އަލްބާއާއި ކެޕްޓަނަކަށް ހުރި ސާޖިއޯ ބުސްކެޓާއި އުސްމާން ޑެބްލޭއާއި އެރިކް ގާސިއާ އަދި އަންސޫ ފާޓީ އަކީ މިފަހުން ކުލަބުން ދޫކޮށްލި ކުޅުންތެރިންނެވެ. އޭގެ ބަދަލުގައި ބާސެލޯނާއިން އައު ކުޅުންތެރިންތަކެއް ވެސް ގެނައި އިރު، އެންމެ ހައިރާންކުރުވަނިވި ސަޕްރައިޒް ސައިނިންތައް އައިސްފައިވަނީ ރޭގައެވެ.
އެގޮތުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ކަންސެލޯއާއި އެތުލެޓިކޯ މެޑްރިޑްގެ ފީލިކްސްގެ ސޮއި ވަނީ ބާސެލޯނާއިން ރޭ ހޯދައި، ކުލަބުގެ ކުޅުންތެރިންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައެވެ. މި ދެ ކުޅުންތެރިންވެސް ބާސެލޯނާއަށް ސޮއި ކުރީ އެއް ސީޒަނަށެވެ.
ފީލިކްސް މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގައި އިނގިރޭސިވިލާތުގެ ޗެލްސީއަށް ވަނީ ކުޅެފައެވެ. އެހެން ނަމަވެސް އެކުލަބުގައި ރަނގަޅު ކުޅުމެއް ނުދެއްކި އަލުން އަނބުރާ އެތުލެޓިކޯއަށް ދިޔަ ނަމަވެސް އެކުލަބުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކި ގިނަ މެޗުތައް ވަނީ ބެންޗުގައި އިންނަން ޖެހިފައެވެ. އެއާއެކު އެކުލަބުގައި މަޑުކުރަން ބޭނުންނުވާކަމަށް ފީލިކްސް ވަނީ ކުލަބުގެ މެނޭޖަރު ޑިއޭގޯ ސިމިއޯނޭއަށް އަންގައިފައެވެ.
ބާސެލޯނާއަށް ބަދަލުވުމަށްފަހު ފީލިކްސް ބުނީ އެކުލަބަށް ކުޅުމަކީ ކުޑައިރުން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
އަނެއްކޮޅުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ މައްސަލަ ޖެހިގެން ކަންސެލޯ ވަނީ މިދިޔަ ސީޒަނުގައި ވެސް ލޯނުގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެފައެވެ. އެ ކުލަބާއެކު ކާމިޔާބު ސީޒަނެއް ހޭދަކުރުމަށްފަހު އަލުން އަނބުރާ ސިޓީއަށް ދިއުމަށްފަހު ކަންސެލޯއަށް ގާޑިއޯލާއެކު އެންމެ ރަނގަޅަށް މަސައްކަތްކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ފީލިކްސްއާއި ކަންސެލޯގެ ސޮއިއާއެކު ބާސެލޯނާއިން ޓީމު ވަރުގަދަ ކުރި އިރު، މާދަމާ އޮސަސޫނާއާ ދެކޮޅަށް އެ ޓީމުން ލީގުގައި މެޗެެއް ކުޅޭނެއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު