މިމަހުގެ 9ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ 56 ޕަސެންޓުގެ ވޯޓާއެކު ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި "އުފާވެެރި މާލެ" ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު އެންމެ ފުރަތަމަ ވެސް ވިދާޅުވީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ކަމަށެވެ.
އެހެން ވިދާޅުވުމަށްފަހު ފައްޔާޒު ވިދާޅުވީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ވާދަވެރިން ބޮޑުތަނުން ބަލިވެގެން ދާތަން ފެނުމަކީ ހިތާމަ ކުރާ ކަމަށެވެ.
"އަަޅުގަނޑުމެން އެބަޖެހޭ އެހެން އެވާ ސަބަބަކީ ކޮބައިތޯ ބަލަން. އެހެން ބޭފުޅުން ވެސް ވިދާޅުވި ގޮތަށް، ރާއްޖޭގެ ރައްޔިތުން މިއަދު ބޭނުން ވަނީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް އަނިޔާވެރިކަން ހަތިމްކުރުން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެކަން ކުރެވެން އޮތީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ވެރިކަން އެމްޑީޕީ އަށް ލިބިގެން ކަމަށެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ އޭނާ އަކީ ޕީއެންސީގެ ކެންޑިޑޭޓެއް ނޫން ކަމަށެވެ. ފައްޔާޒު ވަނީ މުއިއްޒަކީ ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި ގުޅުން އޮންނަ އަދި ކްރިމިނަލް ނެޓްވޯކުތަކާއި ގުޅުން އޮންނަ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
"ތިޔަ ބޭފުޅުންނަށް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ، 56 ޕަސެންޓަށްވުރެ އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ބައްޔެއް ނުވާނެކަން،" ފައްޔާޒު ވިދާޅުވިއެވެ.
މިހާރުވެސް އެމްޑީޕީން އިންތިހާބުން މޮޅުވެއްޖެކަން ފާހަގަކުރައްވާ ފައްޔާޒު ވަނީ އިތުރުވާ ކޮންމެ ދުވަހަކީ އެ 56 ޕަސެންޓަށް ވޯޓު އިތުރުވާނެ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ