"އިންތިހާބު މިއޮތީ ނިމިފައި. ނިމިފައި، ނިމިފައި. މިރޭ ވޯޓު ގުނިއަސް އަޅުގަނޑުމެން މޮޅުވާނެ. މާދަމާ ވޯޓު ގުނައިފިއްޔާ އެއަށްވުރެ ބޮޑު ތަނުން މޮޅުވާނެ. 9 ސެޕްޓެމްބަރުގައި ގުނައިފިއްޔާ މާ ބޮޑު ތަނުން އަޅުގަނޑުމެން މޮޅުވާނެ،" ކާނިވާ ސަރަހައްދަށް ޖަމާވެ ތިބި އެމްޑީޕީ އާއި އަދި އެޕާޓީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އާއްމުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖޯޝާއެކު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ރާއްޖޭ 16 އަތޮޅަކަށް އެމަނިކުފާނު ދަތުރުކޮށްފައިވާ ކަމަށެވެ. ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް ފެނިގެން ދަނީ އަނިޔާވެރި ކަމަށް އެނބުރި ދިވެހިން ދާން ބޭނުން ނުވާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ހަމަޖެހުމުގެ ފައިދާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރާފައި އޮތް ކަމަށެވެ. ބޮޑު ރަށެއް ކުޑަ ރަށެއް ނުބަލާ ސަރުކާރުން ގެނައި ތަރައްގީ ރައްޔިތުން ބަލައިގަނެ އެކަމާއި ހިތްހަމަ ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިފަހަރުގެ އިންތިހާބުގައި އޮތީ އެންމެ ބުރެއް ކަމަށާއި އެ ބުރުގައި ރައްޔިތުން ތިބީ އެމްޑީޕީ އާއި އެޕާޓީއާ ގުޅިފައިވާ ސިޔާސީ ޕާޓީތައް އިންތިހާބު ކުރުމަށް ގޮތް ނިންމައިގެން ކަމަށެވެ.
"ހއ. އަތޮޅަށް އަޅުގަނޑު ހިނގައްޖައިން، ހއ. އަތޮޅުން ބުނަނީ ކީކޭތޯ ބުނަނީ. އެއްބުރުން. ށ. އަތޮޅު، ނ. އަތޮޅު، ބ ޅ އެއްބުރުން. ކ. އަތޮޅު އެއްބުރުން ވ ދ ތ ލ އެއްބުރުން. އަތޮޅު އެއްބުރުން. ނ. އަތޮޅު މާ ބޮޑަށް އެއްބުރުން. ފުވައްމުލަކު ވެސް އެއްބުރުން. މާލެ ކިހިނެއްތޯ..." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ.
އެގޮތުން ޕީޕީއެމްގެ ވެރިކަމުގައި ރާއްޖޭގެ ފަޅުތައް ވިއްކާލި ފަދައިން މިއަދު މާލޭގެ މޭޔަރު ކަމުގައި މުއިއްޒު ހުންނަވައިގެން މާލޭގެ މަގުތަކުގެ ޕާކިން ސްލޮޓުތައް ވިއްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހެންނެއް މާލޭގެ މަގުތައް ވިއްކައިގެން ކެމްޕޭން ކުރުމުގެ ފުރުސަތެއް ނޯންނާނެ," ރައީސް ވިދާޅުވިއެވެ.
މޮޅުވެދާނެ އެކަމަކު އިންތިޚާބްވާ ވަރަކަށް ވޯޓެއް ނުލިބޭނެ މަހިތުން ހަމަ ގާސިމްއާ ނާޒިމްގެ އެހީއާލައިގެން ނޫނީ %51 ނުލިބޭނެ
ކައިދާ