އަތޮޅުތަކާއި މާލެ ސަރަހައްދުގައި 4000 ސޯޝަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓަޑްއާއި ދުމެދު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގެ ދަށުން، ރާށްޖޭގެ ފަސް ސަރަހައްދެއްގައި ސޯޝަލް ހައުސިން ޔުނިޓްތައް ތަރައްގީކުރުމަށް ވަނީ އެއްބަސްވެފައެވެ.
އެގޮތުން އައްޑޫ އަތޮޅުގައި 750 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް، ލ. ގަމުގައި 1000 ހައުސިން ޔުނިޓް، ހދ. ކުޅުދުއްފުށީގައި 1000 ހައުސިންގ ޔުނިޓް އަދި ގްރޭޓާ މާލެ ސަރަހައްދުގައި 750 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްރޫއުގެ ޖުމްލަ އަގަކީ 249 މިލިއަން އެމެރިކާ ޑޮލަރެވެ. މިއެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ހައުންސިންގ ޔުނިޓްތައް ނިންމުމަށް ހަމަޖެހިފައިވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 36 މަސް ދުވަހުގެ ތެރޭގައެވެ.
އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ސަލްފިޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުސް-ސަލާމެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ