އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އުފެއްދުންތެރި އިގްތިސާދާއި ދަތުރުފަތުރުގެ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން އިންޓަރެސްޓް ކުޑަ ދެ ލޯނު ސްކީމެއް ތައާރަފްކޮށްފިއެވެ.

އެ ދެ ސްކީމަކީ ފަންނުވެރީ ނަފާ ލޯނާއި ޓެކްސީ ނަފާ ލޯނެވެ. ފަންނުވެރި ނަފާ ލޯނަކީ ފަންނުވެރިންގެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ލޯނެއް ކަމަށް އެސްޑީއެފްސީ ބުންޏެވެ.

ޓެކްސީ ނަފާ ލޯނަކީ ޓެކްސީ ޑްރައިވަރުންގެ ވެހިކަލް އަޕްގްރޭޑް ކުރުމަށް ނުވަތަ އާ ވެހިކަލް ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ލޯނެކެވެ.

ފަންނުވެރިންނަށް ލޯނު ދޭން ނިންމާފައިވަނީ އަށް ނުވަތަ ހަ ފަސަންޓުގެ އިންޓްރެސްޓް ރޭޓެއްގައި ކަމަށް އެސްޑީއެފުން މައުލޫމާތުދެއެވެ. އެގޮތުން 50،000 އާއި 250،000 ރުފިޔާ އެ ލޯނު މި ސްކީމުގެ ދަށުން ލިބޭނެއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް 300،00 ހާ ރުފިޔާގެ ލޯނު ލިބޭނެއެވެ.

އެސްޑީއެފްސީން ބުނީ އެ ލޯނު ސްކީމްތައް ތައާރަފްކުރުމަކީ އުފެއްދުންތެރި އިގްތިސާދާއި ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ފަންނުވެރީ ނަފާ ލޯނުގެ ސަބަބުން ފަންނުވެރިންނަށް އެ މީހުންގެ މަސައްކަތްތައް ކުރިއެރުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޓެކްސީ ނަފާ ލޯނުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

އެ ދެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.