ރައްޔިތުންނަށް ހިދުމަތް ކުރުން ފިޔަވައި އެހެން އެއްވެސް އަމިއްލަފުޅު ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނެ ދަތުރުގެ ފަހު މަންޒިލް ހިމަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ދަތުރުފުޅު ނިންމަވާލައްވަނީ އެ އަތޮޅުން އިންތިހާބުގައި ބޮޑު ތާއިދެއް ލިބޭނެކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.
"އއ ނިކުމެ ތިބީ އެއްބުރުން މިކަން ކާމިޔާބު ކުރަން" ރައީސް ވިދާޅުވިއެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހެއްގެވެސް އަމިއްލަ ބޭނުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ.
" އެ ނޫން އެއްވެސް ބޭނުމެއް އަޅުގަނޑުގެ ނެތް" ރައީސް ސޯލިހު ވިދާޅުވިއެވެ.
ހިމަންދޫއަށް ރައީސްގެ ވައުދުތައް:
- ބަނދަރުގެ ނެރު ބަދަލުކުރުން
- ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުން
- ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން
- މަގުތައް ތަރައްގީކުރުން
ރައީސް ވިދާޅުވި އެ ސަރަހައްދުގެ ރަށްތަކުން އެންމެ ބޮޑަށް އެމަނިކުފާނު އަރިހުގައި އެދިފައިވަނީ މިނީ ހޮސްޕިޓަލެއް ގާއިމްކޮށް ދެއްވުމަށް ކަމަށެވެ. މިނީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ދެވަނަ ދައުރެއްގައި ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
"މި ސަރަހައްދުގެ ކޮންމެވެސް އެއް ރަށެއްގައި އަޅުގަނޑުމެން އަދި ފައިނަލް ކުރާނަން. ކޮންމެވެސް އެއް ރަށެއްގައި މިނީ ހޮސްޕިޓަލެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި އަޅައި ދޭނަން" ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
ދިވެހީންގެ ދުޅަހެޔޮކަން، ބިދޭސީންގެ ދުޅަހެޔޮކަމާ ގުޅިފައިވޭ
ދެ ލޯބިވެރިންގެ މެދުގައި މާރާމާރީ ހިންގާ އެކަކަށް ވަޅިން ހަމަލާދީފި
ހިތުހުރިހާ ގޮތަކަށް ސަރުކާރުން ކަންކުރަން ފުރުސަތެއް ނުދޭނަން: ގަފޫރު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގަފޫރު އިންތިހާބުކޮށްފި
ލިޔެކިއުންތައް ފަޒުލް ނައްތާލިކަމަށް ބާރުދޭ ހެއްކެއް ނެތް: ޕީޖީ
ޝާހިދު އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލް ބައްދަލުވުމުގައި