ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި އާބަންކޯ އާއި ޔޫތު މިނިސްޓްރީން ސޮއިކޮށްފިއެވެ.
އާބަންކޯގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދެވުނު ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާބަންކޯ އިން ބުނީ އެ އެރީނާ ތަރައްގީ ކުރެވިގެން ދާނީ ތިލަފުށީގެ ފޭސް ދޭއްގައި ކަމަށެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރުގެ ބިން އެ މަޝްރޫއަށް ހާއްސަ ކުރެވިގެން ދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާބަންކޯގެ އެމްޑީ ވިދާޅުވީ އެކަމަކީ ހުޅުމާލޭގައި ވަރަށް ދަތިކޮށް ޒުވާނުން ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް މިއަދު ގެނެސްދެވުނީ ކަމަށެވެ.
"މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިނަޓަނޭޝަނަލް ސްޓޭންޑާޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މިވަނީ ހަމަޖެހިފައި" ވިދާޅުވެފައެވެ.
އަދި މިއާއިއެކު ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ވަނީ އެތަނުގެ ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯ ސްޕޯޓްސް އަށް ތަރައްގީ ކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުން ކަމަށް އާބަންކޯ އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ