މިއަދު އަލަށް ސިޓީގެ ދަރަޖަ ލިބިގެންދިޔަ ގދ. ތިނަދޫއާ މެދު ބޮޑު ތަސައްވަރެއް ގެންގުޅުއްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލި މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ތިނަދޫއަށް ސަރުކާރުން ގެންނާނީ މިއުޅެނީ ބޮޑު ބަދަލެއް ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި މަޝްރޫއުތައް ހިންގުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކޯމާޝަލް ހާބަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިމި ރާއްޖެއިން ބޭރުން އަންނަ ބޯޓުތަކަށް މުދާ ބޭލުވޭނެ ކަމަށެވެ.
އެ ޕޯޓާއެކު ކަސްޓަމްސްއާ އިމިގްރޭޝަނާއި އެމްޕީއެލްގެ އޮފީސްތައް ގާއިމްކުރެވި އެތައް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ މި ރަށަށް އަންނާނެ އެންމެ ހެޔޮ ބޮޑު ބަދަލު" ރައީސް ވިދާޅުވިއެވެ.
އެ ރަށުގައި އެއްހާސް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 120 ޓަނުގެ ފްރީޒިން ކެޕޭސިޓީގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭރުން ތިނަދޫގެ މަސްވެރިންނަށް މަސް ކިރަން ބޭނުންވާ ހުރިހާ ހިދުމަތެއް ލިބެންގެންދާނެ ކަމަށެވެ.
ތިނަދޫ ފަޅުތެރޭގައި އިންޓަގްރޭޓޭޑް ޓޫރިޒަމް ޒޯން ތަރައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގެ ބިން ހިއްކައި ވިޔަފާރިއާއި އިންޑަސްޓްރިއަލް އެކި އެކި ކަން ކުރުމުގެ ޖާގައެތަނުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި އިތުރު 500 ފްލެޓް އެ ރަށުގައި އަޅުއްވާނެ ކަމަށާއި އެގްރީމެންޓުގައްި މާދަމާ ސޮއިކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގެ ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ހަދައި ދުވަސްވި މީހުންނަށް މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅުއްވަންވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ