ގދ. ތިނަދޫ އަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.
ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގދ. ތިނަދޫ އަށް އެމަނިކުފާނު މިއަދު ވަޑައިގަތީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ ގަރާރުގައި ސޮއި ކުރައްވާފައި ކަމަށެވެ.
އެހެންކަމުން ރައީސް ވަނީ ތިނަދޫ އަކީ ރާއްޖޭގެ ފަސްވަނަ ސިޓީކަން އިއުލާން ކުރައްވާ އެ ސިޓީގެ ރައްޔިތުންނަށް މަރުހަބާ ދަންނަވައިފައެވެ.
މި ދަތުރުގެ ކުރިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެވޭނެކަން އަންގައިފައެވެ.
މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަށް ދީފައި ވަނީ އައްޑޫ އަށެވެ. އެއަށްފަހު ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިންއިރު ކުޅުދުއްފުއްޓަކީ ހަތަރުވަނަ ސިޓީއެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން