އާބާދީގެ ގޮތުން އެއްވެސް ރަށަކާއި މެދު ވަކި ތަފާތެއް ކުރުމެއް ނުގެން ގުޅުއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މިއަދު ވިދާޅުވެއްޖެއެވެ.
ކެމްޕޭނު ދަތުރުގައި އާބާދީގައި ގާތްގަނޑަކަށް 400 މީހުން ދިރިއުޅޭ ބ. މާޅޮހުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގައި މި ސަރުކާރުން ފެށި ބައެއް މަސައްކަތް ނުނިމޭ ކަމަށެވެ.
ރައްޔިތުން، ސަރުކާރެއްގެ ފަރާތުން އެންމެ ބޮޑަށް އެދެނީ އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުވެގެން ދިޔުންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެ ރަށް ވަރަށް ބޮޑަށް ބާކީކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވާނީ އަޅުގަނޑުމެންގެ ސިޔާސަތުގައި އެއްގޮތަކަށްވެސް ތަފާތު ނުކުރާނެކަން. އާބާދީގެ ގޮތުން ތަފާތެއް ނުކުރާނެ" މުއިއްޒު އެ ރަށު ރައްޔިތުންނަށް ޔަގީންކަން ދެއްވިއެވެ. އަދި އެ ރަށަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމާއި، ސިއްހީ މަރުކަޒު ތަރައްގީކުރުން ފުޓްބޯޅަ ދަނޑު ހެދުމާއި ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އިތުރުން ރަށުގެ މަގުތަކުގައި ފެން ހެދޭ މައްސަލައަށް ހައްލުކޮށްދެއްވަން މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އެއްވެސް ރަށެއް ތަފާތު ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާބާދީ ކުދި ރަށްތަކަށް އެއްވެސް ބޮޑަށް އަޅާނުލެވިވާ ކަމަށް ވިދާޅުވެ ކެމްޕޭނު ޖަލްސާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާޑުވިދާޅުވެފައެވެ. ރައީސް ވިދާޅުވާ ގޮތުންނަށް ކުދި ރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައްވެސް ފޯރުކޮށްދިނީ މި ސަރުކާރުންނެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް