މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ކުރިން ލިބިފައި އޮތް ބިން ދޫކޮށްލަން ލިބޭ މުއްދަތު ފަސް އަހަރަށް އިތުރުކޮށްފައިވާކަން ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތައް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ.
އަދި މިހާރު ހަމަޖައްސަވާފައިވަނީ ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރު ތެރޭގައި ކުރިން ލިބިފައިވާ ގޯތި ދޫކޮށްލުމަށް ކަމަށް ވިދާޅުވިއެވެ.
އެހެންވެ އެއްބަސްވުމަށް ބަދަލު ގެނެސް އައު އެއްބަސްވުން ޕޯޓަލް މެދުވެރިކޮށް ގޯތި ލިބުނު ފަރާތްތަކަށް މިހާރު ފެންނާނެ ކަމަށް އަކްރަމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އިއުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.
ސަރުކާރުން މީގެކުރިން ވަނީ 9،001 ގޯތި މާލެ ސަރަހައްދުން ދޫކުރާނެ ކަމަށް ބުނެފައެވެ. އެ ގޯތިތައް ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމް ކަމަށް ސަރުކާރުން ބުނެއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								