މީހަކު ރަހީނުކޮށް ފައިސާ ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭ ގެއެއްގައި ފިރިހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއް މި މަހުގެ ހަތަރުވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ ސްޓެޕް އައްޔައެވެ.
ކިޑްނެޕިން މައްސަލައެއްގައި ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވާއިރު ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް އައްޔަ ހޯދަން މި މަހުގެ 16 ވަނަ ދުވަހު ފުލުހުން އިއުލާންކުރިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ