އޭނާގެ ވެރިކަމެއްގައި މިހާރު ވަޒީފާގައި ހުރި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގއ. މާމެންދޫ އަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު އެންމެ ބޮޑަށް އިވެނީ ވަޒީފާގެ ބިރުގެ ވާހަކަ ކަމަށެވެ. ވެރިކަން ބަދަލުވެއްޖެނަމަ ވަޒީފާތައް އުވާލާނެ ކަމުގެ ބިރުވެސް ބައެއް މީހުންނަށް އެބައޮތް މުއިއްޒު ވިދާޅުވިއެވެ.
އެހެންވެ މުއިއްޒު ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ވެރިކަން ލިބިވަޑައިގެންފި ނަމަވެސް މީހެއްގެ ވަޒީފާ ނުގެއްލޭކަމެވެ.
"ސިޔާސީ މަގާމެއްގައި ހުރި މީހެއްގެ ވަޒީފާ ނޫނީ ނުގެއްލޭނެ. ބިރު ނުގަނެ ނުކުންނަވާ،" މުއިއްޒު ވިދާޅުވިއެވެ.
ހަމަ އެ މޭރުމުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއްވެސް މަޝްރޫއުއެއް ވެސް ހުއްޓާނުލާނެ ކަމަށެވެ.
"އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނަން. ހިނގަމުންދާ އެއްވެސް މަޝްރޫއެއް ވެސް، އަނދުން އަޅުވަން ކުރާ ކަމެއް ވިޔަސް ހުއްޓައެއް ނުލާނަން." މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ